ނޭޝަނަލް ފިޓްނަސް އިންސްޓަރަކްޓަރ ކޯސް

ކޯހުގެ ތައާރަފް

މިކޯހަކީ މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީން އެކުލަވާލާ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ފާސްކޮށްފައިވާ ކޯހެކެވެ

ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ ގްރޭޑް 10 ނިންމާފައިވުން، އެހެން ނޫންނަމަ 18 އަހަރު ފުރިފައިވުމާއި، އިންގިރޭސިބަސް އެނގުމެވެ

ކޯހަކީ "ޓިވެޓް" ނިޒާމްގެދަށުން ފަރުމާކުރެވިފައިވާ ކޯހެކެވެ. ވީމާ ކޯސް ކާމިޔާބުކޮށް ނިންމާ ދަރިވަރުންނަކީ، މަސައްކަތަށް ތައްޔާރުވެފައިވާ ހުނަރުވެރިންނެވެ. މިގޮތުން، އިންޓާންޝިޕް ނުވަތަ އަމަލީ މަސައްކަތުގެ ތަޖްރިބާ ބައްޓަން ކުރެވިފައިވަނީ "ކޮންޕިޓަންސީ" ތަކެއް، ނުވަތަ އަމަލީ މަސައްކަތަށްބޭނުންވާ ހުނަރުތައް ހުރިކަން ކަށަވަރުކޮށްދިނުމުގެ މައްޗަށެވެ

ކޯހަކީ، ގްރޭޑް 10 ނުވަތަ އޯޑިނަރީ ލެވަލް ފެންވަރުގެ ކޯހެއްކަމަށްވާތީވެ، އޯލެވްލް ޕާސްއެއްކަމަށް ރާއްޖޭގެ ތައްލީމީ ނިޒާމުން ބަލައިގަނެއެވެ

ކޯސް ބައްޓަންކޮށްފައިވަނީ 15 ހަފްތާތެރޭ %80 ހާޒިރީގެރެކޯޑާއިއެކު ކޯސްފުރިހަމަކުރާ ދަރިވަރުން، MNSDA އިން ދޭ އެކްސްޓާނަލް އެސެސްމަންޓް އަކުން ފާސްވާ މިންވަރަށް ތަމްރީންކުރުމެވެ

ފާސްވާ ދަރިވަރުންނަށް ލިބޭ ސެޓްފިކެޓަކީ "ނޭޝަނަލް ސެޓިފިކެޓް 3 އިން ފިޓްނަސް އިންސްޓަރކްޝަން" އެވެ

މިސެޓްފިކެޓަކީ ފިޓްނަސް އިންސްޓްރަކްޓަރ/ޕާސަނަލް ޓްރެއިނަރ ކަމާއި، ގްރޫޕް ފިޓްނަސް އިންސްޓްރަކްޓަރު ކަމާއި، އެކުއާފިޓް (މޫދުކަސްރަތު) އިންސްޓަރކްޓަރުކަމާއި، ބޫޓްކޭމްޕް، ނުވަތަ އައުޓްޑޯ ފިޓްނަސް އިންސްޓްރަކްޓަރުކަމުގެެ ވާނެއެވެ

އަދި، ކުޅިވަރު ކޯޗްކަމާއި، ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރު/ކައުންސެލަރުކަމާއި، ސްކޫލް ސްޕޯޓްސް ސުޕަވައިޒަރުކަމުގެ ވަޒީފާތަކަށް ބޭނުންވާ ސެޓްފިކެޓަކަށް ވާނެއެވެ. ސްކޫލްތަކުގައި ޕީ.އީ. ނުވަތަ ހަށިގަނޑުގެ ތަރުބިއްޔަތު ނަގާދޭ ޓީޗަރުންނަށްވެސް ބޭނުންތެރި ކޮލިފިކޭޝަނަކަށް ވާނެއެވެ

އަދި، ޓުއަރިޒަމްދާއިރާގައި އޮޕަރޭޓްކުރާ ޖިމްތަކާއި، ރެކްރިއޭޝަން ސެންޓަރު މެނޭޖަރުންނަށްވެސް ބޭނުންތެރި ކޯހަކަށްވާނެއެވެ

ކޯސް ހިންގާ ފަރާތަކީ މާލޭ ފިޓްނަސް އެކެޑަމީ އެވެ. މިއެކެޑަމީ އަކީ 2016  ގައި، މާލޭ ފިޓްނަސް ކްލަބުން ރަޖިސްޓަރީ ކޮށްފައިވާ އެކެޑަމީއެކެވެ. މާލޭ ފިޓްނަސް ކްލަބަކީ 1990 އިންފެށިގެން މެދުނުކެނޑި ހިނގަމުންދާ ރާއްޖޭގެ ފުރަތަ ފިޓްނަސް ކްލަބެވެ 

ކޯހުގެ މުއްދަތު

ކޯހުގެ މުއްދަތަކީ 15 ހަފްތާއެވެ.  މިއީ ޔުނިވަރސިޓީ ސެމެސްޓަރެއްގެ މިންވަރެވެ

15 ހަފްތާގެތެރެއިން ފުރަތަމަ 10 ދުވަސް (ބްލޮކް-1)، އާއި ފަހު 10 ދުވަސް (ބްލޮކް-2) އަކީ، ދުވާލަކު 6 ގަޑިއިރު ގެ ކްލާސްރޫމް މަސައްކަތް އެކުލެވޭ ދެ ބްލޮކް އެވެ. ދެ ބްލޮކް ގައިވެސް ދިމާވާ ހުކުރު ދުވަސްތަކުގައި ހެދުނާ އި މެންދުރުފަހަށް ބަހާލައިގެން ކްލާސް އޮންނާނެއެވެ. ހުކުރުދުވަސްތަކުގައި ހިންގާނީ ފިޓްނަސް އިކްވިޕްމަންޓް ބޭނުންކުރަން ދަސްކޮށްދިނުމުގެ ކްލާސްތަކާއި، ފަސްޓްއެއިޑް ސެޓްފިކެޓް ކްލާހެކެވެ. މިއީ ޖުމްލަ 4 ހުކުރެވެ. ދެބްލޮކްއަކީ 120 ގަޑިއިރުގެ ކްލާސްރޫމް މަސައްކަތެވެ

މި ދެބްލޮކް ދޭތެރޭ ހޭދަވާ 12 ހަފްތާއަކީ އަމަލީމަސައްކަތުގައި ހޭދަކުރާ ދުވަސްތަކެވެ. މިގޮތުން ކޮންމެ ހަފްތާއަކު 10 ގަޑިއިރު، މަސައްކަތުގެ ތަޖްރިބާ ހޯދުމުގައި ވަގުތު ހޭދަކުރަންޖެހޭނެއެވެ. އަދި މިވަގުތަކީ ހަފްތާއެއްގެތެ، ދެދުވަހުން އެއްދުވަހު، ދުވާލަކު 3 ނުވަތަ 4 ގަޑިއިރުގެ ބްލޮކް ތަކަކަށް ބަހާލައިގެން ހޭދަކުރަންޖެހޭ ވަގުތެވެ. އިންޓާންޝިޕްގެ އެންމެ ކުޑަމިންވަރަކީ 120 ގަޑި އިރެވެ. އިންޓާންޝިޕް ހަދާނީ މާލޭ ފިޓްނަސް ކްލަބްގައެވެ

އަމަލީ މަސައްކަތުގައި އެންމެ ގިނަ ވަގުތު ހޭދަކޮށް ގިނަ ތަޖްރިބާ ހޯދާ ދަރިވަރުން ދުވާލަކު 4 ގަޑިއިރު މަސައްކަތުގައި ހޭދަކުރުމަކީ އެންމެ ރަންގަޅު މިންވަރެވެ. އެއީ 288 ގަޑިއިރެވެ. (ހުކުރު ދުވަސް ޖިމް ބަންދު)

ބްލޮކް-2 ނިމުމުން އެކްސްޓާނަލް އެސެސްމަންޓެއް އޮންނާނެއެވެ. މި ޓެސްޓް އޮންނާނީ ޖެހިގެން އަންނަ ހަފްތާ ގައެވެ. ތަފާތު 2 ޓެސްޓް ހަދަން ޖެހޭނެއެވެ. އެއް ޓެސްޓަކީ ތިން ގަޑިއިރުގެ ތިއަރީ ޓެސްޓެކެވެ. އަނެއް ޓެސްޓަކީ ތިރީހަކަށް މިނިޓްގެ ޕްރެކްޓިކަލް ޓެސްޓެކެވެ. ޓެސްޓް ދޭނީ MNSDA ގެ އެސެސަރެކެވެ. ޓެސްޓް އޮންނާނީ 16 ވަނަ ހަފްތާގައެވެ 

ކޯހުގަ ޔުނިޓްތައް

މުޅި ކޯހުގައި 20 ޔުނިޓް އެކުލެވެއެވެ. ކްލާސްރޫމް ސެޝަންތަކުގައްޔާއި، އިންޓާންޝިޕް ގައި އެކުލެވޭ ޔުނިޓްތަކާއި، ތަޖްރިބާތަކުގެ ކުރު ތައާރަފެއް ތިރީގައި އެވަނީއެވެ

 ކްލާސްރޫމް ސެޝަންތަކުގައި އުނގަންނައިދޭ މާއްދާތައް

އެކްސަރސައިޒް އެންޑް ސްޕޯޓްސް ސައިންސް

ފިޓްނަސް އެސެސްމަންޓް (ޓެސްޓް)

ނިޔުޓްރިޝަން (ކެއުން ބަހައްޓަންވީގޮތް)

ފިޓްނަސް އިންސްޓަރަކްޓަރުންގެ ދައުރު

ފިޓްނަސް އިކްވިޕްމަންޓް ބޭނުންކުރުން

ކަސްރަތުގެ ޓެކްނީކް

ފިޓްނަސް ޓްރެއިނިންގް ގެ ވައްތަރުތައް

ކަސްޓަމަރ ކެއަރ (ފިޓްނަސްގެ ހިދުމަތް)

އިންޓާންޝިޕް ގެތެރޭ ދަސްކުރާ ކަސްރަތުގެ ވައްތަރުތަކާއި ހުނަރުތައް

ވެއިޓް ޓްރެއިނިންގް (ޖިމް)

ހިންގުން/ޖޮގިންގް (އޭރޯބިކް ކަސްރަތު)

ގްރޫޕް ފިޓްނަސް (އިންޑޯ)

އެކްއާ-ފިޓް (މޫދު ކަސްރަތު)

ބޫޓްކޭމްޕް (އައުޓްޑޯ ކަސްރަތު) 

 

އޭޕްރިލް 2022

މާލޭ ފިޓްނަސް އެކެޑަމީ

Previous
Previous

ނެޝަނަލް ސެޓްފިކެޓް 3 ގެ ތިންވަނަ ބެޗް ފެށިއްޖެ