ނެޝަނަލް ސެޓްފިކެޓް 3 ގެ ތިންވަނަ ބެޗް ފެށިއްޖެ

Cover9.JPG

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ހުއްދައާއެކު، ޓިވެޓާއިން އެޕްރޫވް ކޮށް، މާލޭފިޓްނަސްކްލަބް އެކަޑަމީން  ހިންގާ ފިޓްނަސް އިންސްޓްރަކްޓަރ ނެޝަނަލް ސެޓްފިކެޓް 3 ގެ ތިންވަނަ ބެޗް މިއަދު ފެށިއްޖެއެވެ. ފުރަތަމަ ދެ ބެޗް ހިންގާފައިވަނީ 2016 ގައެވެ

24 ދަރިވަރުން ބައިވެރިވާ، މިތިންވަނަ ބެޗްގެ ދަރިވަރުންގެތެރޭ އޯލެވަލް ދަރިވަރުން ނާއި، ވަޒީފާތަކުގައި އުޅޭ ޒުވާނުން ހިމެނެއެވެ. ފިޓްނަސްއާއި ސްޕޯޓްސް ގެ ދާއިރާއިން ސެޓިފިކޭޝަން އޮތުމަކީ ވަޒީފާގެ ފުރުސަތު ފަހިވާ ކަމެއްކަމުގައި ދަރިވަރުން ދެކެއެވެ. އަދި މިފަންނުން ގައުމީ ފެންވަރުގެ ސެޓިފިކެޓެއް އޮތުމަކީ ބައެއް ވަޒީފާތަކުގައި ކުރިއެރުން ލިބޭނެކަމެއް ކަމުގައިވެސް ދަރިވަރުން ފާހަގަކުރެއެވެ

ކޯސް ރާވާފައިވަނީ 10 ދުވަހުގެ ދެމޮޑިޔުލް ފުރިހަމަކުރާގޮތަށެވެ. ފުރަތަމަ މޮޑިޔުލް، ފެބްރުއަރީ 16 ން 25 އަށް ހިންގުމަށްފަހު، އަމަލީ ތަޖްރިބާ، ނުވަތަ ޕްްރެކްޓިކަލްސްގޮތުގައި، ފިޓްނަސްކްލަބެއްގައި، ސުޕަރވިޒަންގެދަށުން 60 ގަޑިއިރުގެ އިންޓާންޝިޕް ފުރިހަމަކުރަންޖެހެއެވެ. އެއަށްފަހު، ދެވަނަ މޮޑިޔުލް،  30 މާޗް އިން 8 އޭޕްރިލް އަަށް ފުރިހަމަކުރާނެއެވެ. ދެމޮޑިޔުލް ޢާއި އަމަލީ ތަޖްރިބާއަކީ، ހޯމްވާކް ގޮތުގައި ކިޔަވަންޖެހޭ ވަގުތު ނުހިމަނާ 180 ގަޑިރުގެ ތަމްރީނެވެ

.ވެއަތުވެދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް، އޭލެވަލް އިމްތިހާނަށްފަހު ސެޓިފިކެޓް 3 ގެ ހަތަރުވަނަ ބެޗް ފަށަން ތާވަލްކޮށްފައިވާނެއެވެ

.ވެއަތުވެދިޔައަހަރު ސެޓްފިކެޓް 3 ފުރިހަމަކުރި ގިނަ ދަރިވަރުން މިހާރު ފިޓްނަސްއިންސްޓަރަކްޓަރުންގޮތުގައި ވަޒީފާއަދާކުރަމުންގެންދާކަން ފާހަގަކުރެވިފައިވެއެވެ 

.ފިޓްނަސް އިންސްޓަރަކްޓަރ ނެޝަނަލް ސެޓިފިކެޓް 4 ގެފުރަތަމަ ކޯސް 2018 ގެ ފުރަތަމަ ޓްރައިމެސްޓަރގައި ފަށަން ކަޑައަޅާފައިވާނެއެވެ

Next
Next

ނޭޝަނަލް ފިޓްނަސް އިންސްޓަރަކްޓަރ ކޯސް